ނެއްލައިދޫ ގެ ބަނދުރުގެ މަސައްކަތުގެ 75 އިންސައްތަ ނިމިއްޖެ

ހދ.ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 75 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން އެއްގަމު ދޮށިލުމާއި ހާބަރު ޕޭމަންޓުގެ 97 އިންސައްތަ ނިމިފައިވާކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ. 

މި މަޝްރޫއުގެ ދަށުން 62863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަހައްދެއްގައި ބޭރު ދޮށިލުމުގެ އިތުރުން 204 މީޓަރުގެ ސަރަހައްދެއް ގައި އެއްގަމު ދޮށިލުންވެސް ހިމެނެއެވެ. މީގެ އިތުރުން 50 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 2102  އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުމާއި ނެރު ބައްތި އަދި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. 

މިނިސްޓަރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މި މަޝްރޫއުއަކީ 50.86 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!