ރާއްޖެ އާއި ސީޝެލްސްއާ ދެމެދު ސީދާ ދަތުރު ފަށަނީ

ރާއްޖެ އާއި ސީޝެލްސްއާ ދެމެދު ސީދާ ދަތުރު ފަށަން ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކޮށްފިއެެވެ.

މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ދިވެހިރާއްޖެއިން ސީޝެލްސް އަށް ކަނޑައަޅާފައިވާ ސަފީރު އުމަރު އަބްދުލްރައްޒާކު ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ވެވެލް ރަމްކަލަވަން އަށް އެރުވުމަށް ބޭއްވި ބައްދަލުވުމެއްގައެވެ. 

ސީޝެލްސްގެ ރައީސްގެ ގެކޮޅު ސްޓޭޓް ހައުސްގައި ބޭއްވި ބައްދަލުކުރެއްވުމަށް ފަހު އުމަރު އަބްދުލްރައްޒާކު އެ ގައުމުގެ ނޫސްތަކަށް ވިދާޅުވީ، ރާއްޖެ އާއި ސީޝެލްސްއާ ދެމެދުގައި ސީދާ ދަތުރުތުތައް ފެށުމުން ދެ ގައުމު ދެމެދުގައި ދަތުރުކުރާ މީހުން ގިނަވާނެ ކަމަށެވެ. ނަމަވެސް ދަތުރު ފަށާނެ ވަކި ދުވަހެއް އުމަރު އަބްދުލްރައްޒާކު ވިދާޅުވެފައެއް ނުވެއެވެ. 

ސީޝެލްސްގެ ގައުމީ އެއާލައިނުން، އެއާ ޝީޝެލްސްގެ ވެބްސައިޓް ދައްކާގޮތުން މި މަހުގެ 26 އިން ފެށިގެން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަން ބުކިން ހެދޭނެއެވެ. އިކޮނޮމީ ކްލާހެއްގެ ޓިކެޓް އުޅޭނީ 279 ޑޮލަރަށެވެ. ބިޒްނަސް ކްލާސްގެ ޓިކެޓް ވިއްކަނީ 1373 ޑޮަލަރަށެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!