އަނެއްކާވެސް ދިއްދޫ މޮނިޓަރިންއަށް

ފްލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ، އެޗް.ޕީ.އޭއިން އަނެއްކާވެސް ދިއްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ދިއްދޫ މޮނިޓަރިންނަށް ލާފައިވަނީ ރޯގާގެ އަލާމާތްތަކެއް ހުރެގެން މީގެ 2 ދުވަސްކުރިން އެރަށުގައި ޕްލޫ ކުލިނިކަށް ދެއްކި މީހަކު ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. ހއ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އުޘްމާން އަޝްރަފް ވިދާޅުވީ މިއަދު ދިއްދޫއިން ޕޮޒިޓިވްވި މީހާ ޕުލޫ ކުލިނިކަން ދެއްކި ދުވަހުން ފެށިގެން އެކަހެރިވުމަށް އަންގާފައިވާކަމަށެވެ. އަދި ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިޔަށްދާކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.

މިދިޔަ މޭމަހު ދިއްދޫއިން ފެނުނު ކޮވިޑް ކޭސްއަކާއި ގުޅިގެންވެސް އެރަށުގައި ކޯވިޑް ވަރަށް ބޮޑަށް ކޮވިޑް ފެތުރި، މަހަކަށް ވުރެ ގިނަދުވަހު އެރަށް މޮނިޓަރިންގެ ހާލަތުގައި އޮތުމަށްފަހު، އެރަށް މޮނިޓަރިން ނަގާފައިވަނީ މިމަހުގެ 6 ވަނަދުވަހުއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!