ހިޔާ ފްލެޓު ލިބުނު މީހުންނަށް ހޮނިހިރު ދުވަހުު ފްލެޓުތައް ދައްކަން ފަށަނީ

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓު ލިބުނު ފަރާތްތަކަށް ފްލެޓު ބަލައިލުމުގެ ފުރުސަތު، މި މަހު 26ވަނަ ދުވަހު ހުޅުވާލަން ނިންމައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނީ ފްލެޓު ލިބުނު ފަރާތްތަކަށް ފްލެޓު ބަލައިލުމުގެ ފުރުސަތު ހުޅުވާލާނީ މި މަހުގެ 26ވާ ހޮނިހިރު ދުވަހުން ފެށިގެން އަންނަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެޗްޑީސީން ބުނީ ކޮންމެ ފްލެޓެއް ބެލުމުގެ ފުރުސަތު ދެވޭނީ ދެ މީހަކަށް ކަމަށެވެ. އަދި ފްލެޓު ބަލަން ދާ ދެމީހުންގެ އައިޑީކާޑު އޮންނަންވާނެ ކަމަށާއި ފްލެޓު ލިބޭ ފަރާތަށް ނުދެވޭ ނަމަ ބަލަން ދާ މީހުންގެ އަތުގައި ވެރިފަރާތުގެ އައިޑީކާޑުގެ ސާފު ފޮޓޯއެއް އޮންނަންވާނެ ކަމަށް ބުންޏެވެ.

ފްލެޓު ދައްކާ ތާރީހާއި ޓަވަރުތައް

  • ޖޫން 26: އެޗް13، އެޗް14
  • ޖޫން 27: އެޗް9، އެޗް10
  • ޖޫން 28: އެޗް15، އެޗް16
  • ޖޫން 29: އެޗް3، އެޗް4
  • ޖޫން 30: އެޗް11، އެޗް12
  • ޖުލައި 1: އެޗް1، އެޗް2
  • ޖުލައި 3: އެޗް7، އެޗް8
  • ޖުލައި 4: އެޗް5، އެޗް6

އެ ދުވަސްތަކުގައި ފްލެޓު ދެއްކުން ކުރިއަށްގެންދާނީ ހަތަރު ދަންފަޅިއަކަށް ބަހާލައިގެން، ކޮންމެ ދަންފަޅިއެއްގައި ވަކި ފަންގިފިލާތަކެއް ބެލޭ ގޮތަށެވެ. އެއީ؛

  • 8:00 – 10:30އަށް: 1-7 ވަނަ ފަންގިފިލާ
  • 10:30 – 13:00އަށް: 8-14 ވަނަ ފަންގިފިލާ
  • 13:00 – 14:30އަށް: 15-19 ވަނަ ފަންގިފިލާ
  • 14:30 – 16:00އަށްޅ 20-24 ވަނަ ފަންގިފިލާ

އެޗް.ޑީ.ސީން ބުނީ މި ހުޅުވާލެވޭ ފުރުޞަތުގައި ފުލެޓު ބަލަން ހާޒިރުނުވެވޭ ފަރާތްތަކަށް ފުލެޓު ދެއްކުން ހަމަޖެހިފައިވަނީ އެއްބަސްވުމުގައި ސޮއިކޮށް ފުލެޓު ހަވާލުކުރާ ދުވަހު ކަމުގައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!