ނަފްރަތުގެ ބިލު ބޭރުކުރަން ކޮމިޓީން ފާހެއް ނުކުރި

އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދަން ޤާނޫނުލްއުޤޫބާތު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލު ބޭރުކުރަން ހުށަހެޅި ހުށަހެޅުން އެ ބިލު ދިރާސާކުރަމުންދާ ޖުޑީޝަރީ ކޮމިޓީން ފާހެއް ނުވިއެވެ.

ގާނޫނުލް އުގޫބާތަށް އމިސްލާހު ގެންނެވުމަށް، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލު ދިރާސާ ކުރުމަށް ބުދަ ދުވަހުގެރޭ ކުރިއަށްގެންދިޔަ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ބިލު ފާސްކުރަން ނުފެންނަށް ކަމަށް ނިންމައި ކޮމިޓީން ބިލު ބޭރު ކުރުމަށް ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ ހުޅަހެޅުއްވިއެެވެ.

ރިޒާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނެވެ. ވިދާޅުވީ، އެޗްއާރުސީއެމުން ދިން ލަފާގައި އެ ބިލުގެ 126 ވަނަ މާއްދާގައި ހުރި ހުރިހާ އަކުރެއް އުނިކުރަންޖެހޭ ކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން މުޅި ބިލު ބިނާކޮށްފައިވާ މައިގަނޑު އަސާސް ގޯސްކަމަށް ފާހަގަކުރެވޭ ކަމަށާއި، އެ ބިލު އަނބުރާ ފޮނުވާލަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރިޒާގެ ހުށަހެޅުއްވުމާއެކު ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މި ބިލަށް ހިޔާލު ހޯދުމަށް ހުޅުވާލި ފުރުސަތުގައި އިސްލާމިކް މިނިސްޓްރީއާއި ޕީޖީ އޮފީހާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ހުށަހެޅުއްވި ހިޔާލުތަކުގެ ތެރޭގައި ބިލު ބަލައިނުގަނެ ބޭރުކޮށްލުމަށް ހިޔާލު ދެއްވާފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި އެ އިދާރާތަކުން ހުށަހެޅުއްވީ ބިލު އިސްލާހުކުރަން ކަމަށެވެ.

ކޮމިޓީގެ ނައިބު މުގައްރިރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ، އެ ބިލުގައި ހިމެނޭ ބައެއް މާއްދާތަކުގެ ބަސްމަގު ބަދަލުކުރަންޖެހޭ ކަން ގަބޫލުކުރައްވާ ކަމަށާއި، ލިބިފައިވާ ހިޔާލުތައް ދިރާސާ ކުރަން ކޮމިޓީން އެއްވެސް މަސައްކަތެއް ނުކޮށް އެ ބިލު ބޭރުކޮށްލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމުގައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!