މި ތަރިންގެ ފުރަތަމަ މުސާރަ ހޭދަކުރި ގޮތް ވަރަށް ޝައުގުވެރި

ޝާހްރުކް ޚާން، އާމިރު ޚާން، ރިތިކް ރޯޝަން މިއީ ހައްތާވެސް ބޮލީވުޑްގެ އެންމެ އުހުގައި ތިބި އެކްޓަރުންގެ ނަންތަކެވެ. ނަމަވެސް އެ ދާއިރާއަށް ނުކުތުމުގެ ކުރިން، މި ތަރިން ވެސް އެންމެ ފުރަތަމަ އަދާކުރީ ވަރަށް އާދައިގެ ވަޒީފާތަކެވެ. އެހެންނަމަވެސް، ކޮންމެ މީހެއްގެ ވެސް ފުރަތަމަ ވަޒީފާއިން ލިބޭ ފުރަތަމަ މުސާރަ އަބަދުވެސް ވަރަށް ޙާއްސަވާނެއެވެ.

މިފަހަރު މި ކިޔައިދެނީ، ބޮލީވުޑްގެ ބައެއް ކާމިޔާބު ފިރިހެން ތަރިން، އެމީހުންގެ ފުރަތަމަ މުސާރަ ހޭދަކުރި ގޮތެވެ.

1. ޝާހްރުކް ޚާން

ބޮލީވުޑްގައި މިވަގުތު ހުރި އެންމެ އަގުބޮޑު އެއް އެކްޓަރަކީ ޝާހްރުކް ޚާނެވެ. ޚާނުންގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަންނަ ޝާހްރުކް، އެންމެ ފުރަތަމަ އާމްދަނީ ލިބޭ ކަމަކަށް ކުރީ ، މަޝްހޫރު ލަވަކިޔުންތެރިޔާ ޕަންކަޖް އުދާސްގެ ކޮންސެޓެއްގައި މީހުންނަށް ސީޓު ދައްކައިދޭ މީހާގެ ވަޒީފާއެވެ. އެ ވަޒީފާއިން ލިބުނު 50 ރުޕީސް އިން ޝާހްރުކް ގަތީ، ތާޖު މަހާލް ބަލައިލަން ދާން ޓިކެޓު ކަމަށް ބުނެއެވެ.

2. އާމިރު ޚާން

އަބަދުވެސް ތަފާތު ރޯލުތަކުން ފެނިގެންދާ ކުޅަދާނަ އެކްޓަރު އާމިރު ޚާންގެ ފުރަތަމަ ވަޒީފާއިން އޭނާއަށް ލިބުނީ 1000 ރުޕީސް އެވެ. އަދި އެ ފައިސާ އޭނާ ދިނީ އޭނާގެ މަންމައަށް ކަމަށް ބުނެއެވެ.

3. އިރްފާން ޚާން

މިހާރު މި ދުނިޔޭގައި ނެތަސް، އިރްފާން ޚާނަކީ އޭނާގެ މޮޅު އެކްޓިންގ ދައްކައިގެން ބެލުންތެރިންގެ ތަރުހީބު ހޯދި އެކްޓަރެކެވެ. އެކަމަކު އޭނާގެ ފުރަތަމަ ވަޒީފާއަކީ ކުޑަކުދިންނަށް ޓިއުޝަން ދިނުމެވެ. ކޮންމެ ކުއްޖެއްގެ އަތުން 25 ރުޕީސް ނަގައިގެން ޓިއުޝަން ދިންއިރު، އެ ފައިސާ އެއްކޮށްގެން އޭނާ ގަތީ ބައިސްކަލެއް ކަމަށް ވަނީ ބުނެފައެވެ.

4. ރިތިކް ރޯޝަން

ބޮޑުވެގެން ލީޑު ރޯލުތަކުން ފެނުމުގެ ކުރިން ފިލްމުތަކުގައި ރިތިކް އެންމެފުރަތަމަ ކުޅުނީ ކުޑަކުއްޖެއްގެ ރޯލެވެ. އެގޮތަށް ކުޅުނު ފުރަތަމަ ފިލްމުން ލިބުނު 100 ރުޕީސް އިން ރިތިކް ގަތީ ކުޅޭކުޅޭ ކާރެވެ.

5. ރަންބީރް ކަޕޫރު

މި ލިސްޓުގައި ހިމެނޭ އެހެން ތަރިންނާ ޚިލާފަށް، ރަންބީރު ކަޕޫރު އަލަތަށް އަދާކުރި ވަޒީފާ (އެސިސްޓެންޓް ޑައިރެކްޓަރު) އިން އޭނާއަށް 8.16 ލައްކަ ރުޕީސް ލިބުނެވެ. އެ ފައިސާއިން އޭނާ ގަތީ ހުބްލޮޓް އަތުކުރީ ގަޑިއެކެވެ.

6. ވަރުން ދަވަން

އިންޓާނެއްގެ ގޮތުގައި ވަރުން އަދާކުރި ވަޒީފާއިން އޭނާއަށް ލިބުނު 2000 ރުޕީސް އޭނާ ދިނީ މަންމަ އަތަށެވެ.

7. އަރްޖުން ކަޕޫރު

އަރްޖުންގެ ފުރަތަމަ ވަޒީފާއަކީ، “ކަލް ހޯ ނަހޯ” ގެ އެސިސްޓެންޓް ޑައިރެކްޓަރުގެ މަޤާމެވެ. އެ ވަޒީފާއިން ލިބުނު 35،000 ރުޕީސް އިން އޭނާ ހުޅުވީ ބެންކު އެކައުންޓެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!