ރިތިކް ރޯޝަން ކްރިޝް 4 އިޢުލާނުކޮށްފި

ރިތިކް ރޯޝަންގެ ފިލްމީ ކެރިއަރުން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމު ކަމަށްވާ “ކްރިޝް” ގެ ހަތަރުވަނަ ބައެއް ގެނެސްދޭން އުޅޭކަމަށް މީގެކުރިން ވާހަކަދެކެވިފައި އޮއްވައި، “ކްރިޝް 4” ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.

“ކްރިޝް” ގެ ފުރަތަމަ ފިލްމަށް 15 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ރިތިކް އިންސްޓަގްރާމްގައި މިއަދު ހިއްސާކުރި ޕޯސްޓުގައި ބުނީ މާޒީ ހިނގައްޖެ ކަމަށާއި، ދެން އޮތީ މުސްތަޤުބަލުގައި އަންނާނެ ކަންތައްތަކަށް ބެލުން ކަމަށެވެ. އެއާއެކު އޭނާ ވަނީ “ކްރިޝް 4” މިހެން ލިޔެފައެވެ. މާނައަކީ، ވަރަށް އަވަހަށް “ކްރިޝް 4” ގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމެވެ.

ރިތިކްގެ އެ އިޢުލާނާއެކު، އޭނާގެ ފޭނުންނާއި “ކްރިޝް” ފްރެންޗައިޒްގެ އިތުރު ބަޔަކަށް އިންތިޒާރުކޮށްގެން ތިބި ބެލުންތެރިން ވަނީ އުފާފާޅުކޮށްފައެވެ. އެގޮތުން ރިތިކްގެ އެ ޕޯސްޓަށް 1.4 މިލިއަން ލައިކު ވަނީ ލިބިފައެވެ.

“ކްރިޝް” އަކީ ސުޕަހީރޯ ފިލްމެކެވެ. 2003 ގައި އޭގެ ފުރަތަމަ ބައި ގެނެސްދިނީ “ކޮއި މިލް ގަޔާ” ގެ ނަމުގައެވެ. އޭގެފަހުން “ކްރިޝް 2” (2006) އާއި “ކްރިޝް 3” (2013) ވަނީ ގެނެސްދީފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!