ފޮޓޯ: ސަން

ކުއްޖާގެ މަރާ ގުޅިގެން ކާރެއް ބަލައި ފާސްކޮށްފި

މާލޭގައި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލި މައްސަލައާ ގުޅިގެން ކާރެއް ބަލައި ފާސްކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރާލާފައި އޮތް ކުއްޖެއްގެ ހަށިގަނޑު ހުޅުމާލޭ ފޭސް2ގެ މޫދުން ފެނުނު މައްސަލައާ ގުޅިގެން ކާރެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ފުލުހުން ބުނީ އެ ކުއްޖާ ގެއްލުނު މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެ ކުއްޖާ ހޯދަން ކުރި މަސައްކަތުން އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ ހޯމަ ދުވަހުގެ ރޭ ދަންވަރު 2:38 ގަ އެވެ.

އެ ކުއްޖާ މަރާލުމަށްފަހު ފޮއްޓަކަށްލާފައި އެއްލާލާފައި އޮތީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުންނަށް ވަދެވޭ ގޮތަށް އޮންނަ ހިސާބު މޫދުގަ އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!