އަންހެނުން ހިތާނުކުރުމަށް ޑރ. އިޔާޒް ހިތްވަރުދޭ މައްސަލައެއް މަޖިލީހަށް

އަންހެނުން ހިތާނު ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ޓްވީޓު ކުރެއްވި މައްސަލައެއް ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ހިއުމަން ރައިޓް ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މީކާއިލް ފޮނުއްވި ސިޓީގައި ބުނީ މިއަދު ހެނދުނު 9:14 ގައި ޓުވިޓާ މެދުވެރިކޮށް ޑރ. އިޔާޒް ވަނީ އަންހެނުން ހިތާނުކުރުމުގެ ނަމުގައި “ފީމޭލް ޖެނެޓިކް މިއުޓިލޭޝަން” (އެފްޖީއެމް) އަށް ހިތްވަރު ދީފައި ކަމަށެވެ.

“މިފަދަ ނުރައްކާތެރި އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަކީ ދިވެހިރާއްޖޭގައި އަންހެނުން ނުރައްކަލަށް ހުށަހެޅި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސް އެޅޭނޭ ކަމެއްކަމަށްވާތީ، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ މެދުވެރިކޮށް، މި މައްސަލަ ބައްލަވައިދެއްވުން އެދި ދެންނެވީމެވެ.” އެ ސިޓީގައި ވިދާޅުވެފައިވެއެވެ.އެކަން ފާހަގަކުރައްވާ މީކާއިލް ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ މެދުވެރިކޮށް، މި މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!