ކޮއްކޯފުޅުގެ ޖަނާޒާއަށް ފަހު ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފިއެވެ.

މިދިޔަ ހޯމް ދުވަހު ރައީސް ދުބާއީއަށް ވަޑައިގަތީ އެމަނިކުފާނުގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ.

އަހްމަދު މުހައްމަދު ސާލިހް ނިޔާވީ އުމުރުން 55 އަހަރުގައި ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

އަހްމަދު މުހައްމަދު ސާލިހްގެ އަކީ ލޯފަން ބޭފުޅެކެވެ. އޭނާގެ އިތުރަށް އެއާއިލާގައި ލޯފަން އިތުރު ތިން ބޭފުޅުން ތިއްބަވައެވެ

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!