ހިޔާގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި 7 މުވައްޒަފަކު ސަސްޕެންޑް ކޮށްފި

ކުޑަކުދިންގެ ހިޔާގައި ހުރި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެތަނުގައި މަސައްކަތް ކުރާ 7 މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.

ޖެންޑާރ މިނިސްޓްރީގެ މީޑިއާ އޮފިޝަލާއި ހަވާލާދީ ވަން އޮންލައިންގައި ބުނެފައިވަނީ ހިޔާގައި މަސައްކަތް ކުރާ ހަތް މުވައްޒަފަކު އެއް މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވާކަމަށެވެ. އަދި މައްސަލަ ބަލައި ނިމުމުން އިތުރަށް ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އެ ފިޔަވަޅެއް އަޅާނެ ކަމަށެވެ. ނަމަވެސް އެ ހަތް މުވައްޒަފުން ސަސްޕެންޑް ކުރީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އޮފިޝަލު ވިދާޅުނުވާ ކަމަށް އެ ނޫހުން އިޕޯޓު ކޮށްފައިވެއެވެ.

 މައުލޫމާތު ލިބިފައިވާ ގޮތުގައި 7 މުވައްޒަފުން ސަސްޕެންޑް ކުރީ މިމަހުގެ 12 ވަނަ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައި ގައެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި މިމަހު 12 ވަނަ ދުވަހު ވަނީ މީހަކު ވެސް ހައްޔަރުކޮށްފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!