ނަޝީދަށް ފަރުވާދިން އޭޑީކޭގެ ޑޮކްޓަރުން އިންކުއަރީއަށް ހާޒިރު ކުރުމަށް ނިންމައިފި

މިދިޔަ މަހުގެ ހަ ވަނަ ދުވަހު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް ފަރުވާ ދެއްވި އޭޑީކޭ ހޮސްޕިޓަލުންގެ ޓީމު، ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީއަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.

ޓެރަރިސްޓް ހަމަލާގެ އިންކުއަރީ ކުރިއަށްގެންދާ ސަލާމަތީ ހިދުމަތުގެ ކޮމިޓީ ނުވަތަ 241 ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ ނަޝީދަށް ފަރުވާ ދިން އޭޑީކޭގެ ޑޮކްޓަރުން މި ހަފުތާ ތެރޭގައި އިންކުއަރީއަށް ހާޒިރު ކުރެވޭނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ ނަޝީދަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމާއި ބައްދަލުކުރަން ނިންމީ ތަހުޤީޤު ރިޕޯޓު އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށްކަމަށާއި، ޕޯސްޓްބްލާސްޓަށް ފަހު ސީދާ ކަންހިނގާފައިވާ ގޮތް އޮޅުންފިލުވުމުގެ މަޤްސަދުގައި ކަމަށެވެ. އަދި އެބޭފުޅުންނާއި ބައްދަލުކުރަން ނިންމާފައިވަނީ އެއްވެސް ތުހުމަތެއް ކުރެވިގެން ނޫންކަމަށްވެސް އަސްލަމް ވިދާޅުވެފައިވެއެވެ.

އަސްލަމް ވިދާޅުވީ، 241 ކޮމިޓީން މަސައްކަތްކުރީ މިއަދުގެ ނިޔަލަށް އިންކުއަރީގެ ރިޕޯޓު ނިންމަން ކަމަށާއި ނަމަވެސް އެކަން ނުކުރެވި ލަސްވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަންނަ ހަފްތާގައި އިންކުއަރީގެ ރިޕޯޓު އާއްމު ކުރައްވާނެ ކަމަށާއި، މިހާރު ރިޕޯޓުގެ އޮނިގަނޑު އޮންނަންވީ ގޮތް ވެސް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންކުއަރީ އަށް ލިބޭ ބައެއް މައުލޫމާތުތަކުގެ ތެރޭގައި އާންމު ނުކުރެވޭނެ ކަންކަން ހުނާނެ ކަމަށާއި، މިސާލަކަށް ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތަކަށް ވާނަމަ އެކަންކަން ރިޕޯޓުގައި ނުހިމެނޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!