ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ފަސް ލައްކައާ ގާތްކޮށްފި

ޖޫން މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ފަސް ލައްކައާ ގާތްކުރާ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫން މަހުގެ ފުރަތަމަ 21 ދުވަހު 38,966 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެގޮތުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޖޫން 20 ވަނަ ދުވަހު އައިސްފައިވާއިރު، އެދުވަހު ރާއްޖެ އައިސްފައި ވަނީ 2،519 ފަތުރުވެރިންނެވެ. މިއީ ގިނަ ދުވަސްތަކަކަށް ފަހު 2،500ށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި ފުރަތަމަ ދުވަހެވެ.

ޖޫން މަހު އެންމެ މަދުން ފަތުރުވެރިން އައިސްފައި ވަނީ ހަތް ވަނަ ދުވަހުއެވެ. އެއީ، 1،416 ފަތުރުވެރިންނެވެ. ޖޫން މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެ އަންނަނީ 1,856 ފަތުރުވެރިން ކަމަށާއި އެފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް ނުވަ ދުވަސް ހޭދަކުރާކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

މިއަހަރުގެ ފުރަތަމަ ފަސް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، ޖެނުއަރީ މަހު 92,103 ފަތުރުވެރިން، ފެބްރުއަރީ މަހު 96,882 ފަތުރުވެރިން، މާޗް މަހު 109,585 ފަތުރުވެރިން، އޭޕްރިލް މަހު 91,200 ފަތުރުވެރިން އަދި މެއި މަހު 64,613 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ޖެނުއަރީ މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2,971 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ފެބްރުއަރީ މަހު އެއަދަދު ވަނީ 3,460ށް އަރާފައެވެ. އަދި މާޗު މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ 3,535ށް އިތުރުވެފައެވެ. ނަމަވެސް އޭޕްރިލް މަހު ފަތުރުވެރިން އަންނަ އަދަދު މަޑުމަޑުން ދަށަށް ދާން ފަށައި އެމަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 3,040 ފަތުރުވެރިން އައިސްފައިވެއެވެ. އަދި މެއި މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އައިސްފައި ވަނީ 2,084 ފަތުރުވެރިންނެވެ.

މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި 10 ގައުމަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންނެވެ. މި ލިސްޓުގައި ދެން ހިމެނޭ ގައުމުތަކަކީ އިންޑިއާއި، ޖަރުމަން، ޔޫކްރެއިން، ކަޒަކިސްތާން، އެމެރިކާ، އިނގިރޭސިވިލާތް އަދި ރޫމޭނިއާ އާއި ފްރާންސްގެ އިތުރުން ޗެކް ރިޕަބްލިކް އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!