ފްލައިން ސްކޫލް އެވިޑް ކޮލެޖާ ހަވާލުކުރަނީ

އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސް އިން އައްޑު އަތޮޅުގައި ހިންގާ ފްލައިން ސުކޫލް ރާއްޖޭގެ އެވިޑް ކޮލެޖާ ހަވާލުކުރަން ނިންމާފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

އައްޑޫ ފްލައިން ސްކޫލުގެ އިސް ވެރިޔަކު މިއަދު ވިދާޅުވީ އެ ސްކޫލުގެ ހިންގުން އެވިޑް ކޮލެޖްގެ ދަށަށް ބަދަލު ކުރަން ތައްޔާރު ވަމުން އަންނަ ކަމަށާއި މާދަމާ އެވިޑްގެ ދަށަށް އެ ސްކޫލުގެ ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށެވެ.

އެވިޑް ކޮލެޖުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އައްޑޫ ފްލައިން ސްކޫލް އެ ކޮލެޖްގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްތަކެއް ހިނގާ ކަމަށެވެ. އެހެން ނަމަވެސް އެ ތަފްސީލް ތައް ދޭނީ ކޮލެޖުގެ ޗެއާމަން ކަމަށެވެ. ވެ. އެވިޑްގެ ޗެއާމަން އަބްދުﷲ މުސްތާގަށް ގުޅި ނަމަވެސް އޭނާ ފޯނެއް ނުނަންގަވެ އެވެ.

އައްޑޫ ފްލައިން ސްކޫލުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދު މީގެ ކުރިން ވިދާޅުވީ ފްލައިން ސްކޫލް ކޮލެޖެއްގެ ދަށަށް ބަދަލު ކުރުމުން، މިހާރު އެތާނގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އެއީ ހަމައެކަނި ސުކޫލުގެ ތޮށިގަނޑު ބަދަލުކޮށްލުން ކަމަށް ނުވާނެ ކަމަށާއި އެ ބަދަލާއެކު ކޮލެޖުން ހުރިހާ ޒިންމާއެއް ވެސް ނަގާނެ ކަމަށެވެ.

ފްލައިން ސްކޫލް ކޮލެޖެއްގެ ދަށަށް ބަދަލު ކުރަން މަސައްކަތް ފެށިއިރު އެ ސުކޫލްގައި ހުރި ގިނަ މައްސަލަތަކުގެ ސަބަބުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ ބާތިލު ކޮށްފަ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!