ކުޑަ ކުއްޖާގެ މަރާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

އުމުރުން 13 އަހަރުގެ ކުއްޖަކު މަރާލައި، އޭނާގެ ހަށިގަނޑު ހުޅުމާލޭ ފަޅުތެރެއަށް އެއްލާލި މައްސަލައާ ގުޅިގެން މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަަޅުއްވައިފި އެވެ.

މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ފިރުޝާން ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ އުމުރުން އެހާ ހަގު ކުއްޖަކު މަރާލުމަކީ ނުހަނު ކަންބޮޑުވުން އޮތް ކަމެއް ކަަމަށާއި އެ ކުއްޖާއަކީ ދައުލަތުން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުން އައި ކުއްޖެއް ކަމަށްވާ އިރު، އެ ކުއްޖާއާ މެދު އިހުމާލުވެފައިވާ ފަރާތެއްވޭތޯ ބަލައި މައްސަލައިގެ އަސްލު ދެނެގަންނަން ޖެހޭ ކަަމަށެވެ. އެފަދަ ކަމެއް މުސްތަގުބަލުގައި ތަކުރާރުނުވާނެ ގޮތަކަަށް ކަންތައްތައް ރޭވުމަށާއި އެ ކުއްޖާގެ މަރަށް، ވީ އެންމެ އަަވަހަކަށް އިންސާފު ހޯދައިދިނުމަށް ވެސް އޭނާ ގޮވާލެއްވި އެވެެ.

ކުއްލި މައްސަލަަ މަޖިލީހަށް ބަލައިގަނެ، ކުރިއަށް ގެންދިޔަ ބަހުސްގަައި ފިރުޝާން ވިދާޅުވީ އިއްޔެއަކީ ދިވެހި ދައުލަތަށް ވަރަށް އަނދިރި ދުވަހެއް ކަމަށެވެ. ކޮންމެ މުޖުތަމައެއްގައި ވެސް އަނިޔާވެރި މީހުން އުޅޭ ކަމަށާއި އެކަމަކު ރާއްޖޭގައި މިވަރުގެ ޖަރީމާއެއް ހިންގައިފާނެ ކަމަކަށް ދުވަހަކު ވެސް ހީވެސް ނުކުރައްވާ ކަަމަށެވެެ.

“ފިލްމުތަކާއި އިސްތިއުމާރުތަކުގެ އަތްދަށުވެފައިވާ މުޖުތަމައުތަކާ ބެހޭ ޑޮކިއުމެންޓްރީތަކުން ނޫނީ ނުފެންނަ ފަދަ ކަމެއް މިި ރާއްޖޭން ފެނުމުން ހަގީގަތުގައި ވެސްް އަޅުގަނޑުމެން މިވަނީ އަޅުގަނޑުމެންގެ މުސްތަގުބަލާ މެދު ވިސްނި، މާޔޫސްވެފައި،” އޭނާ ވިދާޅުވި އެވެ.

ފިރުޝާން ވިދާޅުވީ މަރާލި ކުއްޖާއަަކީީ ގޭންގް މެމްބަރެއް ކަަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރުފަތުރާފައި ވާތީ އިންތިހާ އަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އުމުރުން އެންމެ 13 އަހަރުގެ ކުއްޖަކު ގޭންގް މެމްބަރަކަށް ވާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އެ އުުމުރުގެ ކުއްޖަކު އެފަަދަ ހާލަތެއްގައި ހުރި ނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެ ކުއްޖާ އަށް ހިމާޔަތް ނުދެވުނު މުއައްސަސާތަކާއި މުޖުތަމައުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަރާލި ކުއްޖާގެ އާއިލާ އާއި މުޖުތަމައުގެ ހައްގުގައި ކަމާ ބެހޭ މުއައްސަސާތައް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ވެސް ފިރުޝާން ވިދާޅުވި އެވެ. މިފަދަ ޖަރީމާތަކަށް އިންސާފު ލިބޭނެކަމާ މެދު ރައްޔިތުންގެ ގިނަ ބަޔަކަށް ގަބޫލުނުކުރެވޭ ކަމަށާއި އެއީ އެފަދަ މައްސަަލަކުގައި ހެކިނެތިގެން ޝަރުއީ މަރުހަލާގައި އިންސާފު ނުލިބޭތީ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“އެހެން ކަމުން ތަހުގީގު މަރުހަލާ މިއަށް ވުރެ ރަނގަޅުކުރަން އެބަޖެހޭ. ކުރާ ކުށްތަކަށް ދުވަސްވެގެން ގޮސް ހެކި ނެތިވެ ދިއުމުގެ ކުރިން، ކުށްކުރާ މީހުންނަށް އިންސާފަށް ނުފިލޭނެ ވަރުގެ ކޭސްްއެއް ބިނާކުރަން ޖެހޭ،” އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުންގެ އިއްތިފާގުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!