އިންޑިއާއިން މުދައްރިސުން ގެނައީ ދިވެހި މުދައްރިސުން ނުލިބުމުން: އެޑިއުކޭޝަން

ޢަރަބި ބަހާއި ކީރިތި ޤުރުއާން ކިޔަވައިދެއްވާނެ މުދައްރިސުން އަވަށްޓެރި އިންޑިއާއިން ގެނެސްފައިވަނީ އެމާއްދާތައް ކިޔަވައިދޭން، ބޭނުންވާ މިންވަރަށް ދިވެހި މުދައްރިސުން ނުލިބިގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ކެރެލާއިން ވަނީ، އަރަބި ބަހާއި ކީރިތި ޤުރުއާން ކިޔަވައިދިނުމަށް ޖުމުލަ 10 މުދައްރިސުން ރާއްޖެ ގެނެސްފައެވެ.

ކެރެލާއިން ވަނީ 5 ޢަރަބި މުދައްރިސުންނާއި 5، ޤުރުއާން މުދައްރިސުން ގެނެސްފައެވެ. އަދި އެ މުދައްރިސުން ރާއްޖޭގެ 9 ސްކޫލްއެއްގައި ކިޔަވައިދެމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެމިނިސްޓްރީން ވިދާޅުވީ އިންޑިއާއިން މުދައްރިސުން ގެނެސްފައިވަނީ އެ މާއްދާތައް ކިޔަވައިދޭނެ ދިވެހި މުދައްރިސުން ހޯދުމަށް ތަކުރާރުކޮށް އިޢުލާންކޮށް މުދައްރިސުން ލިބިފައި ނުވާތީކަމަށެވެ. އަދި އެ މަޤާމުތަކަށް މުދައްރިސުން ހޯދުމަށް އެކި ޤައުމުތަކުގެ ހައިކަކޮމިޝަން ތަކުގައި އެޑިއުކޭޝަން މިނިސްޓްރީންވަނީ އެހީތެރިކަމަށް އެދިފައެވެ. އެމިނިސްޓްރީން ވިދާޅުވީ މިހާރު އައިސްފައިވާ ޓީޗަރުންނަކީ އިންޑިއާގެ ސަރުކާރުން ސްޕޮންސަރ ކޮށްފައިވާ އިންޑިއާގެ ރެކްރޫޓުމަންޓް އޭޖެންސީ އެއްކަމަށް “ނޯކާ ރޫޓްސް” މެދުވެރިކޮށް 2020ވަނަ އހަރު ރެކްރޫޓްކޮށްފައިވާ މުދައްރިސުންކަމަށެވެ.

މި މުދައްރިސުން ރެކްރޫޓްކުރުރުމުގެކުރިން އެދާއިރާއިން ރާއްޖޭގެ މުދައްރިސުން ތަމްރީނުކުރާ މަރުކަޒު ތަކުގައި ކިޔަވާ ދަރިވަރުންނާވެސް ވާހަކަ ދައްކައި މުދައްރިސުންގެ ދަތިކަންހުރި ރަށްތަކަށް ދެވޭނެ ފަރާތްތައް ލިބޭތޯ މަސައްކަތް ކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!