ރަށްރަށަށް ދަތުރު ކުރުމުގައި ލުއިދީފި

ކޮވިޑް19 ކޭސްތައް މަދުވުމާއެކު އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ އުސޫލަށް ލުއިދިނުމަށް ނިންމައިފިއެވެ.   

ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރޭ މިންވަރު އިތުރުވުމާއެކު ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް މާލެ ސަރަހައްދުން އަތޮޅުތެރެއަށް ކުރާ ދަތުރުތައް ވަގުތީގޮތުން އޮތީ ހުއްޓާލާފައެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް އަތޮޅުތެރޭގެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުންވެސް އޮތީ މަނާކޮށްފައެވެ. އެގޮތުން ޒަރޫރީ ބޭނުންތަކަށާއި، ސިއްހީ ފަރުވާ ހޯދުމަށްޓަކައި ރަށްރަށަށް ދަތުރުކުރެވޭނީ ކައުންސިލްގެ ހުއްދައިގެ ދަށުން ކަމަށް އޭރު ވަނީ ކަނޑައަޅާފައެވެ.

އެޗްއީއޯސީން ބުނީ، ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރަން މިހާރު ހުއްދަ ހޯދަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ގެސްޓްހައުސް ހިންގާ ރަށްރަށުން އެއްރަށުން އަނެއްރަށަށް ދަތުރު ކުރެވޭނީ ކުރީގެ އުސޫލުގެ ދަށުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!