ހުޅުމާލޭ މިސްކިތެއްގެ ތެރޭ ދެމީހަކު އަވަގުރާނަ ގޮވައި މާރާމާރީ ހިންގައިފި

ހުޅުމާލެ ވަގުތީ މިސްކިތެއްގައި ދެމީހަކު އަވަގުރާނަށް ގޮވައި މާރާމާރީ ހިންގައިފިއެވެ.

މިސްކިތެއްގެ ތެރޭ ދެމީހަކު ހުތުރުބަހުން ޒުވާބުކޮށް އެކަކު އަނެކަކު ގަޔަށް އަތްލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިހާރު ވަނީ އާންމުވެފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ 171 ނަންބަރު ފްލެޓް ކައިރީގައި ހުންނަ ވަގުތީ މިސްކިތައް ވަދެ އަޑުގަދަކޮށް މީހުންނަށް އުނދަގޫ ކުރި މީހަކަށް އެ ކަންތައް އެ ގޮތަށް ނުކުރުމަށް ނަސޭހަތްތެރިވި މީހަކާ މާރާމާރިއެއް ހިންގާފައިވާކަމުގެ މައްސަލަ ހުށަހަޅާފައި ވާކަމަށެވެ. އެ މާރާމާރީގައި އެކަކަށް ކުދި އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އަންގާރަދުވަހުގެ އިރުއޮއްސި 18:38 ހާއިރުއެވެ.

މިކަން ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!