ކަރީނާގެ އޮމާން ހަންގަނޑުގެ ސިއްރުތަކަކީ މިއީ

ބޮލީވުޑްގެ ތަރިންގެ ރީތިކަމަށް ބަލާއިރު، ކަރީނާ ކަޕޫރު ޚާނަކީ ރީތިކަމުގެ ލިސްޓުގައި ނުހިމެނި ނުދާނެ ބަތަލާއެކެވެ. އޭނާގެ އޮމާން ހަންގަނޑާއި، މަޑު ފިޔާތޮށިކުލައިގެ ތުންފަތަކީ އެތައް އަންހެން ކުދިންނެއް ހަސަދަވެރިވާ ސިފަތަކެކެވެ. އެ ރީތިކަމުގެ ބޮޑުބައި އަދާކުރަނީ ޤުދުރަތުން ކަމުގައި ވިޔަސް، ކަރީނާއަކީ ވެސް އެހެން ތަރިންނެކޭ އެއްފަދައިން އޭނާގެ ރީތިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ މީހެކެވެ.

މިފަހަރު މި ކިޔައިދެނީ، ކަރީނާގެ މަޑު އަދި އޮމާން ހަންގަނޑުގެ ސިއްރުތައް ކަމަށް އޭނާ ބުނާ ކަންތައްތަކެވެ.

  1. ގިނަގިނައިން ފެނާއި ކުރުނބާފެން ބުއިން. ކަރީނާ ބުނަނީ އޭރުން ހަންގަނޑުގައި އޮތް ޓޮކްސިންސްތައް ނައްތާލައި، އޮމާންކޮށްދޭނެ ކަމަށް.
  2. މޫނު މަސާޖު ކުރުމަށް ކަރީނާ ބޭނުންކުރަނީ ރޯ މާމުއި ކަމަށް އޭނާ ބުނޭ. އަދި އެއީ އަބަދުވެސް އޭނާގެ ހަންގަނޑުގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ވެސް ބުނޭ
  3. ޕްލެއިން ޔޯގަޓާއި ޒައިތޫނިތެޔޮ (ކޮންމެ އެއްޗަކުން އެއް ސަމްސާ) އެއްކޮށްފައި މޫނުގައި ހޭކުމަކީ ކަރީނާއަށް އޭނާގެ މަންމަ ބަބީތާގެ ފަރާތުން ދަސްވި އުކުޅެއް
  4. ކަރީނާ މޫނު ދޮންނަނީ ދުވާލަކު ދެފަހަރު، އަދި އަބަދުވެސް މޫނުގެ ހަންގަނޑު ބަހައްޓަނީ މޮއިސްޗަރައިޒް ކޮށްފައި ކަމަށް ބުނޭ
  5. ކެމިކަލް އެކުލެވޭ އެއްވެސް ޕްރޮޑަކްޓެއް ކަރީނާ މޫނުގައި ބޭނުމެއް ނުކުރޭ. އޭގެ ބަދަލުގައި ބޭނުންކުރަނީ ގޭގައި ތައްޔާރުކުރާ ފޭސް މާސްކާއި ޕެކްތައް.

ކޮންމެ މީހަކުވެސް، އެމީހެއްގެ ހަންގަނޑަށް ރަނގަޅަށް ފަރުވާތެރިވާނަމަ، ބިހި ނެގުމާއި ތެޔޮވުން އަދި ކުރަކިވުން ފަދަ މައްސަލަތަކުން ސަލާމަތްވާނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!