ޗާންދަނީ މަގުން ދުއްވާފައި ދިޔަ ޓެކްސީއެއްގައި ރޯވެއްޖެ

މިރޭ ޗާންދަނީ މަގުން ދުއްވާފައި ދިޔަ ޓެކްސީއެއްގައި ރޯވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޓެކްސީގައި އަލިފާން ރޯވެގެން ޓެކްސީ ވަނީ ހުއްޓާފައެވެ. އެއީ ރަތް ކުލައިގެ ކާރެކެވެ.

ޓެކްސީގައި އަލިފާން ރޯވެ ދުން އަރަމުން ދާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމު ވި އިރު، އެ އަލިފާން ނިއްވާލުމުގައި އާންމުންގެ މީހަކު ހަރަކާތްތެރިވާތަން ފެނެއެވެ. އޭނާ އަލިފާން ނިއްވާލަނީ އަލިފާން ނިއްވާ ފުޅިއެއް ބޭނުންކޮށްގެންނެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުން އަލިފާން ނިއްވުމުގައި ހަރަކާތްެރިވީ އެއާޕޯޓް ފަޔާ އެންޑް ރެސްކިއުގައި މަސައްކަތް ކުރާ މީހެކެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!