ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ލުއިދޭން ދަނީ މަޝްވަރާކުރަމުން: މަބްރޫކް

ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ލުއިދޭން ދަނީ މަޝްވަރާކުރަމުންކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މަބްރޫކް ވިދާޅުވީ، ކެފޭ ރެސްޓޯރެންޓްތަކުގެ ހިދުމަތް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާ މީހުންނަށް ދިނުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެހެން ފިޔަވަޅުތަކުންވެސް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރާ ފަރާތްތަކަށް ދިނުމަކީ ވެކްސިން ޖެހެމަށް އިތުރަށް ލިބޭނެ ހިތްވަރަކަށް ވެސް ވާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. 

އެހެންކަމުން އެފަދަ ފަރާތްތަކަށް ލުއިދެވިދާނެ ގޮތްތަކަކާއި ގުޅޭގޮތުން މަޝްވަރާކުރެވެމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައިއެ ލުއިތައް އިއުލާން ކުރަމުންދާނެ ކަަަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!