ކުއްޖަކަށް އަނިޔާކުރި މައްސަލައެއްގައި ހިޔާގެ ހަތް މުވައްޒަފަކު ސަސްޕެންޑްކޮށްފި

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ހަތް މުވައްޒަފަކު، އެތަނުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް އަނިޔާކުރި މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު، އެ ހަތް މުވައްޒަފުން ސަސްޕެންޑްކުރީ އެ މުވައްޒަފުންނާ ގުޅޭ ގޮތުން ގޮތުން ރިޕޯޓްކުރި މައްސަލައެއް ބަލަން ކަމަށެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ އެ މުވައްޒަފުން ސަސްޕެންޑްކުރީ ސިވިލް ސާވިސް ގަވައިދުގައިވާ ގޮތުގެމަތިން، އެއް މަސް ދުވަހަށް ކަމަށެވެ. އެކަމަކު މައްސަލަ ބަލައި ނިމުނުހާ އަވަހަކަށް އެ ކަމުގައި ގޮތެއް ނިންމާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ މުވައްޒަފުން ސަސްޕެންޑްކުރި ސަބަބު ޖެންޑާ މިނިސްޓްރީން ނުބުންޏަސް، އެއީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް މުވައްޒަފަކު އަނިޔާކުރި މައްސަލައެއްގައި ކަމަށް ވަނީ އެނގިފަ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!