ބުދަ ދުވަހުގެ ޖަލްސާގައި ހެލްތު މިނިސްޓަރާއި ސުވާލުކުރުން

ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެލްތު މިނިސްޓަރ އަޙުމަދު ނަސީމާ ސުވާލުކުރުމަށް އެޖެންޑާކޮށްފިއެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރ އަޙުމަދު ހައިތަމް ހެލްތު މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ ލިޔުމުން ޖަވާބު ހޯއްދެވުމަށެވެ. ހައިތަމްގެ ސުވާލުގައި ވަނީ މިވަގުތު ކޮވިޑް-19ގެ ބަލި ތަހައްމަލު ކުރަމުންދާ 19،669ށްވުރެ ގިނަ މީހުން ތިބިއިރު މަސް ދުވަހުގެ ތެރޭގައި 50ށް ވުރެ ގިނަ މީހުން މިބަލީގައި ނިޔާވެފައިވާކަމަށެވެ. 230ށް ވުރެ ގިނަ މީހުން ތިބީ އެނދުމަތިކުރެވިފައެވެ. ކޮވިޑް-19 މިހާ ހަލުވިކޮށް ފެތުރެމުންދާތީ، މިބައްޔަށް ފަރުވާދެވޭނެ ކިތައް ހެލްތު ޕްރޮފެޝަނަލުން އެބަތިބިތޯ ވަނީ ސުވާލުކުރައްވާފައެވެ. އަދި ކޮވިޑް ބަލިމީހުންނަށް ހުރި އެނދުގެ ތަފްސީލަކީ ކޮބައިތޯވެސް ވަނީ ސުވާލުކުރައްވާފައެވެ.

މީގެއިތުރުން ކޮވިޑާ ގުޅުންހުރި ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ އޮކްސިޖަން، ވެންޓިލޭޓަރ، އަދި މިކަމާ ގުޅުންހުރި ބޭހުގެ ބާވަތްތަކުގެ ތަފްސީލަކީ ކޮބައިތޯވެސް ހައިތަމް ވަނީ މިނިސްޓަރ އަރިހުން ސާފުކުރެއްވުމަށް އައްސަވާފައެވެ. ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ މިސުވާލުގެ ޖަވާބު ޖަލްސާގައި އިއްވާނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!