މަރާލި ކުއްޖާއަށް ޖެންޑާއިން ދިޔައީ އެހީތެރިކަން ދިޔައީ ފޯރުކޮށްދެމުން: ޖެންޑާ

ރަހީނުކޮށް، މަރާލި އުމުރުން 13 އަހަރުގެ ކުއްޖާއަށް އައީ އެކުއްޖާއަށް ބޭނުންވާ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ފަރާތުން ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވީ މި ކުއްޖާގެ އާއިލާއިން އައީ ކުއްޖާއަށް ބޭނުންވާ އިޖުތިމާއީ އެހީ ހޯދުމަށް ގާތުން މަސައްކަތް ކުރަމުން ކަމަށެވެ.

ޔުމްނާ ވިދާޅުވީ އެ ކުއްޖާގެ ކޭސްއިން ފާހަގަވި ގޮތުގައި އެ ކުއްޖާއަކީ ތައުލީމު އުނގެނެމުންދާ ކުއްޖެއް ކަމަށެވެ. އަދި އެ ކުއްޖާގެ މުދައްރިސުންގެ ފަރާތުން އެކުއްޖާއަކީ ކިޔެވުމަށް ގާބިލް ކުއްޖެއް ކަން ފާހަގަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ މި ކުއްޖާގެ ކޭސް ކުރިއަށް ގެންގޮސްފައި ވަނީ ކުއްޖާގެ މަންމަ އާ ގުޅިގެން ކަމަށެވެ.

އަދި ކުއްޖާގެ މަރުގެ ހަބަރު ވެގެން ދިޔައީ ކުއްލި ސިހުމެއް ގެނުވި ހަބަރެއް ކަމަށާއި އެ ހަބަރާއެކު އާއިލާއަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީ އިތުރު ހިތްދަތިކަން ކުޑަކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ އިތުރަށް ވިދާޅުވީ މިފަދަ ހާދިސާތަކުން އާއިލާތަކަށް ލިބޭ ނަފްސާނީ ގެއްލުން ކުޑަކުރުމަށް، އާއިލާއާ ކުއްޖާގެ ޒާތީ މައުލޫމާތު ހާމަނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރާ ކަމަށެވެ.

ފޭސް ޓޫ މޫދު ސަރަހައްދުން ކުޑަކުއްޖާ މަރާލާފައި އޮއްވާ ފެނިފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!