ގުރޫޕަކުން ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޑިޕާޓްމެންޓަށް ހަމަލާދީފި

ގުރޫޕަކުން ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ހަމަލާދީފި އެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި އެ ޑިޕާޓްމެންޓަށް ހަމަލާދިނުމަށްފަހު ފުލުހުންގެ ކާރަށް ވެސް ވަނީ ހަމަލާދީފައެވެ. 

ފުލުހުން ބުނީ، ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓު ކައިރިއަށް މިއަދު ހަވީރު 5:07 ހާއިރު ބަޔަކު އެއްވެ މަނުޖެހުން ހިންގާފައިވާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ވަނީ ހައްލުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސލައަ ގުޅިގެން ބަޔަކު ހައްޔަރު ކުރި ކަމެއް އަދި ސާފެއް ނުވެއެވެ. ހަމައެއާއެކު އެތާ ކައިރިއަށް އެއްވެ ބަޔަކު ހަމަނުޖެހުން ހިންގާފައި ވަނީ ކޮން ސަބަބަކާ ހުރެ ކަން ވެސް ސާފުވާ ގޮތެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަނުޖެހުން ހިންގާފައި ވަނީ ވަރަށް ޒުވާން އުމުރުގެ ބައެކެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!