ކުއްލި ދަތުރެއްގައި އެޗްއާރްސީއެމްގެ ޓީމެއް މަހިބަދޫގައި

ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް)ގެ މަސައްކަތްތަކެއްގައި އެޗްއާރްސީއެމްގެ ޓީމެއް މިއަދު އދ. މަހިބަދޫ އަށް ކުއްލި ދަތުރެއް ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި އެޗްއާރްސީއެމްގެ ޓީމުން ކުރާ ދަތުރުގައި މަހިބަދޫގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކޮށް މައުލޫމާތު ތަކެއް ސާފުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެންޕީއެމް އަކީ އަނިޔާކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބު ދިނުން މަނާކުރުމާއި ހުއްޓުވުމާ ގުޅޭ ބައިނަލްއަގްވާމީ ދެ މުއާހަދާއަކުން ބާރު ލިބިގެން ދިވެހި ދައުލަތުން ގާއިމުކޮށްފައިވާ މެކޭނިޒަމެކެވެ.

ރާއްޖޭގެ އެންޕީއެމް އަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައެޅުއްވީ 2007 ވަނަ ޑިސެމްބަރު 10، 2017 ގައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!