ރާއިފް މަރާލި މީހުންނަަށް ހައްގު އަދަބު ދޭން އެމްޑީޕީން ގޮވާލައިފި

ކުޑަކުއްޖަކު ރަހީނު ކުރުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް އެ އަމަލު އެމްޑީޕީން ކުށްވެރިކޮށްފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަހީނުކުރުމަށްފަހު އަނިޔާކޮށް، ނާޒުކު އުމުރު ފުރައިގެ ކުއްޖަކު މަރާލުމަކީ އެޖަރީމާ ހިންގި ބައެއްގެ އަނިޔާވެރިކަން އިންތިހާ ދަރަޖަ އަށް ގޮސްފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

“މިކުޑަ މުޖުތަމައުގައި މިފަދަ ޖަރީމާތައް ޖެހިލުމެއް ނެތި ހިންގަން މެދުވެރިވާ ސަބަބުތައް އިތުރަށް ދެނެގަތުމަށާއި ހަށިފުރާނައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރުގަދަ އަޒުމަކާއެކު ހަރުދަނާ ގޮތެއްގައި މުޅި ދައުލަތް އެކުގައި މަސައްކަތްކުުރުން ނުހަނު މުހިއްމެވެ،” ބަޔާނުގައިވެ އެވެ.

އެމްޑީޕީން ވަނީ މި މައްސަލާގައި އަވަސް އަދި ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގުމަށް ގޮވާލާފަ އެވެ. އަދި މުޖިރިމުންނަށް ހައްގު އަދަބު ލިބިދިނުން ކަށަވަރުކުރުމުގައި ފަރުވާ ކުޑަކުރުމެއްނެތި އަމަލުކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަަސާތަކަށް ގޮވާލާފައިވެ އެވެ.

އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް މަރާލާފައި ފޮށްޓަކަށް ލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ ރޭ ފަތިހު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަޅުތެރެއިންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!