13 އަހަރުގެ ކުއްޖާގެ ފޮޓޯތަކާއި މައުލޫމާތު ދައުރު ނުކުރުމަށް އިލްތިމާސް ކޮށްފި

ރަހީނު ކުރުމަށް ފަހު މަރާލާފައިވާ އުމުރުން 13 އަހަރުގެ ކުއްޖާގެ ފޮޓޯތަކާއި މައުލޫމާތު ދައުރު ނުކުރުމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން އެޖެންސީ (ސީއެފްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

ސީއެފްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނީ ކުޑަކުއްޖެ ރަހުމުކުޑަކޮށް މަރާލައިފާވާ ހަބަރާއެކު މީސްމީޑީއާ ގައި ކުއްޖާއާއި އާއިލާ ކުށްވެރިކޮށް މިދަނޑިވަޅުގައި މައުލޫމާތު ހާމަ ކުރުމަކީ އާއިލާއަށް އިތުރު ތަކުލީފުތަކެއް އުފުލަންޖެހޭ ކަމެއް ކަމަށެވެ.

އެހެން ކަމުން މި ދަނޑިވަޅުގައި އެކުއްޖާގެ އާއިލާގެ އިހްސާސް ތަކަށް އިހްތިރާމު ކޮށް އެފަދަ ހަބަރުތައް އަދި ކުއްޖާގެ ފޮޓޯތަކާއި މައުލޫމާތު ދައުރު ނުކުރުމަށް ސީއެފްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ސީއެފްޕީއޭ އިން ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނު ނަމްބަރު 19/2019 ގެ 33 ވަނަ މާއްދާގެ ހ ގެ ދަށުން ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު އާންމު ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައި ވާތީ އެ މާއްދާއާއި ހިލާފުވާ ފަދަ ގޮތަކަށް އެއްވެސް މީހަކު އަމަލުކޮށްފި ނަމަ އެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

13 އަހަރުގެ ކުއްޖަކު ރަހީނު ކޮށް، މަރާލާފައި އޮއްވާ ފެނިފައި ވަނީ ރޭ ދަންވަރު 2:38 ހާއިރުއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!