މެދުކެނޑުމަކަށް ފަހު، ހިޔާ ފްލެޓްތަކުގެ ގުރުއަތު ފަށައިފި

މަހަކަށްވުރެ ދިގު މުއްދަތަކަށްފަހު ހިޔާގެ ގުރުއަތުލުން އަލުން ފަށައިފިއެވެ. މި ގުރުއަތަކީ ހިޔާ މަޝްރޫޢުގައި ފްލެޓް ލިބުނު މީހުންނަށް ލިބޭ ފްލެޓް ނަންބަރު ކަނޑައެޅުމަށް ނަގާ ގުރުއަތެކެވެ.

ހިޔާ ގުރުއަތު ނެގުމުގެ މަސައްކަތް ފެށީ އޭޕްރިލްމަހުއެވެ. ބޮޑު ބައެއްގެ ގުރުއަތުނެގުން ނިމުނުފަހުން، ގުރުއަތު ނެގުމުގެ މަސައްކަތް ފަސްކުރީ ކޯވިޑްގެ ޙާލަތާ ގުޅިގެން އޮފީސްތައް ހިންގުމަށް ގެނައި ބަދަލާ ގުޅިގެންނެވެ.

ގުރުއަތުނެގުން މެދުކަނޑާލިއިރު 5603މީހުންގެ ގުރުއަތުލުންވަނީ ނިމިފައެވެ. 6720ހައުސިން ޔުނިޓްގެ ތެރެއިން ގުރުއަތު ނުނިމި ހުރި 1117މީހުންގެ ނަންނަތައް ހިމެނޭ ލިސްޓު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއަށް ހައުސިން މިނިސްޓްރީއިން ފޮނުވާފައިވަނީ އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހުއެވެ. މިހާރު ގުރުއަތުލުން ފަށާފައި މިވަނީ މި ލިސްޓުގައި ހިމެނޭ މީހުންގެއެވެ.

  • ގުރުއަތު ނަގާ ކެޓަގަރީތަކަކީ:
  • އެކަނިވެރި މައިންނާ ބަފައިންނަށް ޚާއްސަ ކެޓަގަރީ – އެޗް.6
  • 18އަހަރާ 40އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކުގެ ޚާއްސަ ކެޓަގަރީ – އެޗް.7
  • މާލެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީ – އެޗް.8
  • ދަފްތަރު ކެޓަގަރީ – އެޗް.9
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ޚާއްސަ ކެޓަގަރީ – އެޗް.10
  • ސިވިލް ސަރވިސް މުޢައްޒަފުންނަށް ޚާއްސަ ކެޓަގަރީ
  • މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚާއްސަ ކެޓަގަރީ

އެޗްޑީސީން ވިދާޅުވީ ފުލުހުންނަށް ޚާއްސަ ލިސްޓު ފިޔަވައި، ދެން ހުރި ކެޓަގަރީތަކަކީ ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ވެރިފައިކުރުމަށް ފަހު، ފޮނުވާފައިވާ ލިސްޓުތައް ކަމަށެވެ.

ގުރުއަތުލުން ކުރިއަށްގެންދާނީ އެކި ދުވަސްތަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރުއަތު ނެގުން އަލުން ފަށާފަވާއިރު، ފުރަތަމަ ދުވަހުގެ ލިސްޓުގަ 514 މީހުންގެ ނަން ހިމެނެއެވެ

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!