އެމްޑަބްލިއުއެސްސީން ބ.އަތޮޅުގެ ހަތަރު ރަށެއްގައި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށަނީ

ބ.އަތޮޅުގެ ހަތަރު ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށުމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީން ތައްޔާރުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ހަތަރު ރަށަކީ ކަމަދޫ، މާޅޮސް، ކެންދޫގެ އިތުރުން ދަރަވަންދޫއެވެ. މީގެތެރެއިން މާޅޮހާއި ކަމަދޫގައި އަމަލީ މަސައްކަތް އަންނަ ޖުލައި މަހު ފެށޭވަރުވާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ވިދާޅުވެއެވެ. މިމަސައްކަތް ނުފެށި ލަސްވަނީ މަސައްކަތް ކުރުމަށް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ބައެއް ސާމާނު ނުލިބިގެންނެވެ.

ބ.އަތޮޅުގައި ފެނާނަރުދަމާގެ މަސައްކަތް ގޮއިދުއާއެކު ފަސްރަށެއްގައި އެމްޑަބްލިއުއެސްސީން ކުރާނެއެވެ. މި ފަސް ރަށަކީވެސް ފުޅާދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ކުރަމުން އަންނަ ރަށްތަކަށް ވީހިނދު މި ވިޔަފާރިފުޅާކުރުމަށް ރައްކާތެރި ސާފު ފެނާއި ނަރުދަމާ ނެތުމަކީ އޮތް ގޮނެޖެހުމެއް ކަމަށް މިރަށްރަށުގެ ކައުންސިލްތަކުން ވިދާޅުވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!