ރާއްޖެ އިޝްތިހާރުކުރުމަށް ސައުތު އެފްރިކާގެ ނޫސްވެރިންތަކެއް ރާއްޖެއަށް

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ސައުތު އެފްރިކާގެ ނޫސްވެރިންތަކެއް ރާއްޖެއަށް ގެނެސްފިއެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ ފެމިލިއަރައިޒޭޝަން ޓްރިޕެއްގައި ސައުތު އެފްރިކާގެ ނޫސްވެރިންތަކެއް މިިމަހުގެ 14ވަނަ ދުވަހުން ފެށިގެން 20ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށެވެ. އެމްއެމްޕީއާރުސީން ވިދާޅުވީ މިއީ ސައުތު އެފްރިކާގެ މާކެޓަށް އަމާޒްކޮށްގެން މިއަހަރު ކުރިއަގެންދިޔުމަށް ހަމަޖެހިފައިވާ އެންމެ ފުރަތަމަ ފެމިލިއަރައިޒޭޝަން ޓްރިޕް ކަމަށެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ޓީމްގައި ތިން، އެޑިޓޯރިއަލް ގްރޫޕް ތަމްސީލްކުރާ 4 ނޫސްވެރިން ހިމެނެއެވެ. މި މީޑިއާ ޓީމަކީ ސައުތު އެފްރިކާގެ އެންމެ މަޤްބޫލް އަދި މަޝްހޫރު މަޖައްލާތައް ތަމްސީލްކުރާ ޓީމެވެ. އެގޮތުން ސޮވެޓާން ލައިވް އާއި ނޯމެޑް އެފްރިކާގެ ނޫސްވެރިން މި ޓީމްގައި ހިމެނެއެވެ.

މި މަޖައްލާތަކުގެ ޕަބްލިކޭޝަންތައް ޕްރިންޓް މީޑިއާ އާއި އޮންލައިން މީޑިއާ އާއި ސޯޝަލް މީޑއާގެ ޒަރިއްޔާއިންވެސް ކިޔެން ހުރެއެވެ. އެމްއެމްޕީއާރުސީން ވިދާޅުވީ 300 މިލިއަނަށްވުރެ ގިނަ މީހުންނަށް ފޯރާ މި ޕަބްލިކޭޝަންތަކުން ރާއްޖެއަށް ކުރި މިދަތުރުގެ ސަބަބުން ރާއްޖެ އިޝްތިހާރުކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.
މިމީޑިއާ ޓީމުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވަނީ ފިނޮޅު މޯލްޑިވްސް، ޑުސިޓް ތާނި މޯލްޑިވްސްގެ އިތުރުން ހުރަވަޅި އައިލެންޑް ރިސޯޓުގައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!