ކުއްޖާ މަރާލި މައްސަލާގައި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ކުއްލި ބައްދަލުވުމެއް

ރަހީނު ކުރުމަށް ފަހު 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު މަރާލި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުއްލި ބައްދަލުވުމެއް ތާވަލުކޮށްފިއެވެ.

އަންގާރަ ދުވަހުގެ މެންދުރު 12:00ށް ތާވަލުކޮށްފައިވާ މި ބައްދަލުވުމުގެ އެޖެންޑާގައި ވަނީ އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކުރުމަށް ފަހު މަރާލާފައިވާ ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްގެން ގެންގުޅޭ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާތީ، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ، ދަންވަރު 2:38ހާއިރު ކަމަށެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 17 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 27 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މި ދެ މީހުން ހައްޔަރު ކުރީ މާލެއިންނެވެ. މި ދެ މީހުނަކީ ވެސް އެ ކުއްޖާގެ އެކުވެރިން ކަމަށްވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!