ކުޑަކުއްޖެއްގެ ފުރާނަ ގަސްތުގައި ދުއްވާލުމަކީ ގައުމު ކަރުނަ އަޅަންޖެހޭ ކަމެއް: މިނިސްޓަރ

ކުޑަކުއްޖެއްގެ ފުރާނަ ދުއްވާލުމަކީ މުޅި ގައުމު އެކަމާ ކަރުނައަޅަންޖެހޭވަރު ކަމެއް ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރަހީނުކޮށްގެން އުޅުނު ކުއްޖަކު މަރާލާފައި އޮއްވައި ހުޅުމާލެއިން ފެނުނު މައްސަލައާ ގުޅިގެން މިނިސްޓަރ ވިދާޅުވީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ކުރިމަތިވާ ގިނަ ގޮންޖެހުންތައް ނައްތާލުމަށްޓަކައި މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތް މިހާރަށްވުރެ ބަދަހިވެ ވަރުގަދަވާން ޖެހޭ ކަމަށެވެ.

އަދި މި ހިތާމަވެރި ދަނޑިވަޅުގައި ކުއްޖާގެ ޢާއިލާއަށް ތައުޒިޔާ ކިޔައި، ކުއްޖާގެ ފުރާނައަށް ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުމަށް އެދޭ ކަމަށާއި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވާ ކަަމަށެވެ.

ރޭ ދަންވަރު މަރާލާފައި އޮއްވާ ފެނުނު ކުއްޖާ މަރާލާފައިވަނީ ރަހީނު ކުރުމަށްފަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީ ބީޗު ސަރަހައްދުންނެވެ.

ފުލުހުން ބުނެފައިވަނީ ކުއްޖަކު ރަހީނުކޮށްފައިވާކަމަށް ބެލެވޭ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ހުށަހެޅިފައިވާ ކަމަށާއި އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކުއްޖާ މަރާލާފައި އޮއްވާ ރޭ 2:38 ގައި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ މައްސަލަ އާއި ގުޅިގެން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!