13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލާފައި އޮތްވައި ފެނިއްޖެ

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލާއި އެއްލާލާފައި އޮއްވާ ހުޅުމާލެއިން ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ 13 އަހަރުގެ މި ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓެއް އިއްޔެ ހުށެއެޅުނުކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން ކުއްޖާ ހޯދަމުން ދަނިކޮށް އެ ކުއްޖާ ފެނުނީ ރޭ ދަންވަރު 02:38 އެހާކަންހާއިރު ކަމަށެވެ. އަދި ކުއްޖާ ފެނުނީ މަރާލާފައި އެއްލާލާފައި އޮއްވާ ހުޅުމާލޭ ފޭސް2 ގެ ތެރެއިންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މި ކުއްޖާ ފެނުނީ މަރާލުމަށްފަހު ފޮއްޓަކަށް ލާ މޫދަށް އެއްލާލާފައި އޮއްވާއެވެ.

ފުލުހުން ބުނީ މިމައްސަލައިގައި އުމުރުން 17 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ދިވަހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!