ވޯލްޑް ޗެމްޕިއަންޝިޕް އޮފް ބެސްޓް ބީޗް މުބާރާތް ވެލިގަނޑު އައިލެންޑް ރިސޯޓުން ކާމިޔާބުކޮށްފިއެވެ.
މި މަގާމު އެ ރިސޯޓަށް ލިބުނީ ވަޯލްޑް ޗެމްޕިއަންޝިޕް އޮފް ބެސްޓް ބީޗް މުބާރާތުން ނެވެ.މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ އޮންލައިން ޓްރެވަލް އޭޖެންސީއެއް ކަމަށްވާ ކިވީ އިން ނެވެ. މި މުބާރާތުގައި އެންމެ ރީތި ބީޗު ހޮވާފައިވަނީ ކިވީގެ އިންސްޓަގްރާމް މެދުވެރިކޮށް ނެގި ވޯޓަކުން ނެވެ.
ވެލިގަނޑު ރިސޯޓު މުބާރާތް ކާމިޔާބު ކޮށްފައިވާއިރު، މި ހިސާބަތް އެ ރިސޯޓު ގޮސްފައިވަނީ ފަސް ބުރެއްގައި ވާދަކޮށް މޮޅު ވެގެންނެވެ.
އއ. އަތޮޅުގައި އޮންނަ ވެލިގަނޑު ރިސޯޓަކީ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ދިގު ގޮނޑުދޮށެއް އޮންނަ ރިސޯޓެކެވެ. މި ރިސޯޓަކީ ރާއްޖޭގައި ވެސް އެންމެ ބޮޑު އެއް ގޮނޑުދޮށް އޮތް އެއް ރަށެވެ. އެ ރިސޯޓުގެ ބީޗްގެ ދިގުމިނުގައި 150 މީޓަރު ހުރެ އެވެ.