އަތޮޅު ތެރެއަށް 15 ޕީސީއާރް މެޝިން ފޮނުވަނީ

އަތޮޅުތެރެއަށް 15 ޕީސީއާރް މެޝިން ފޮނުވުމަށް ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މިއަދު، އުމުރުން 10 އަހަރުގެ މިޝްކާއަށް އަވަސް ފަރުވާ ދިނުމުގައި ވެފައިވާ އިހުމާލު ދެނެގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަަރ ކޮމިޓީން ބޭއްވި ދެވަނަ ބައްދަލުވުމުގައި، އަތޮޅުތެރޭގެ ކޭސްތައް އިތުރުވަމުން އަންނާތީ، ޓެސްޓް ހެދޭނެ އިންތިޒާމްތައް ބައެއް ހިސާބުތަކުގައި ނެތް ކަމަށް މެމްބަރަކު ވިދާޅުވުމުން ދެއްވި ޖަވާބުގައެވެ.

ނަސީމު ވިދާޅުވީ، މިހާރަކަށް އައިސް މާލެއަށް ވުރެ އަތޮޅުތެރެއިން ކޮވިޑް ކޭސްތައް ފެންނަ މިންވަރު އިތުރުވަމުން އަންނަ ކަމަށާއި، ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ޕީސީއާރު މެޝިން ނެތް ކަމަށެވެ.  ނަސީމު ވިދާޅުވީ ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި އެ މެޝިންތައް ފޮނުވާނެކަމަށެވެ.

ރާއްޖެތެރެއަށް ފޮނުވާ މެޝިން ތަކަކީ، 8 ގަޑި އިރުގެ ތެރޭގައި 80 ސާމްޕަލް ރަން ކުރެވޭ މެޝިން ތަކެކެވެ. މި މެޝިންތައް ފޮނުވާ އަތޮޅުތަކެއް އަދި ސާފެއް ނުވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!