އިއްޔެ ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 2519 އަށް

އިއްޔެ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2519 އަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މިމަހު އެކަކުން ފެށިގެން އިއްޔެގެ ނިޔަލަށް މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރި ގޮތުގެ ތަފާސް ހިސާބުތައް މިއަދު އާންމު ކޮށްފައެވެ. އެ މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ ވަނީ ރާއްޖެ އަށް 2519 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އިއްޔެއާއި ނިޔަލަށް މިމަހު 37،318 ފަތުރުވެރިއެއް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 491،701 ފަތުރުވެރިއެއް ކަމަށް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!