ހިޔާ ފްލެޓްތަކުގެ ކޮމާޝަލް ޔުނިޓްތައް ދޫކުރަން ހުޅުވާލައިފި

ހުޅުމާލޭ ފޭސް ދޭއްގައި ގާއިމުކޮށްފައި ފްލެޓްތަކުގެ ތެރެއިން 16 ޓަވަރުގެ ތިރިން ކޮމާޝަލް ބޭނުންތަކަށް ހާއްސަކޮށްފައިވާ ބައިތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި އެވެ.

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، އެތަންތަން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ، ގްރޯސަރީ ސްޓޯރުތަކާއި ކެފޭ، ކްލިނިކް، ބޭސްފިހާރަ، ބޯކޮށާ ތަންތަން، ސެލޫން، ބުކްޝޮޕް، ޑޭކެއާ ސެންޓަރު އަދި ރީޓެއިލް ފިހާރަތައް ހިންގުމަށް ކަމަށެވެ.

ޕްރޮފޯސަލްތައް އިވެލުއޭޓް ކުރުމުގައި ބިޒްނަސް ޕެލޭނާއި ލީސް ކުރަން ހުށަހަޅާ ރޭޓްށް ބަލާނެ އެވެ. ނަމަވެސް ފާމަސީތަކާއި ބޯކޮށާ ތަންތަންނުގެ ޕްރޮފޯސަލް އިވެލުއޭޓް ކުރުމުގައި ހަމައެކަނި ބަލާނީ ލީސް ކުރަން ހުށަހަޅާ ރޭޓަށެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓްގައި ހިމަނާފައިވާ އިރު، ޕްރޮޕޯޝަލް ރިކުއެސްޓް ވެސް https://properties.hdc.com.mv/ އިން ލިބިވަޑައިގަންނަވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ޗައިނާ ސަރުކާރުގެ އެންމެ ބާރު ގަދަ އެއް ކުންފުނި ކަމަށްވާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު ހަދައިފައިވާއިރު، އެތަނުގައި ޖުމުލަ 7000 ހައުސިން ޔުނިޓް ހިމެނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!