މި ފަހަރު ވައިގައި ހިފައިގެން އުޅެނީ ލޯބިވެރިޔާ ފަހައިދިން ހެދުމެއް!

ސޯޝަލް މީޑިއާ އަކީ ކޮންމެ ފަދަ ކަމެއް ވެސް ވެދާނެ އެއްޗެއް ކަން ސާބިތުކޮށްދެނީ މިހެންވެގެން ނެވެ. އާދައިގެ ކަމެއް ނުވަތަ މީހެއްވެސް މަގުބޫލް ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައި ވެދާނެއެވެ. މި ފަހަރުވެސް ވެގެން މި އުޅެނީ މިފަދަ ގޮތެކެވެ.

މައި ބީއެފް މޭޑް މައި ގްރޭޑް ޑްރެސް” މި ޓްވީޓް ވަނީ ވަރަށް ކުޑަ ވަގުތޮކޮޅެއްގެ ތެރޭގައި ވައިރަލް ވެފައެވެ. މިއީ އަންހެން ކުއްޖަކު ކޮށްފައިވާ ޓްވީޓެކެވެ.  އޭނާގެ ލޯބިވެރިޔާ، އޭނާ އަށް ފަހާފައިވާ ހެދުމެއް ހިއްސާކޮށްފައިވާ ޓްވީޓޭކެވެ. މީ އެ އަންހެން ކުއްޖާގެ ގްރެޖުއޭޝަން އަށް ފިރިހެން ކުއްޖާ ފަހާދިން ހެދުމެކެވެ.


މި ޓްވީޓްގައި ޖުމުލަ ވަނީ 4 ފޮޓޯއެވެ. ފުރަތަމަ ފޮޓޯއިން ފެނިގެން ދަނީ މި ފިރިހެން ކުއްޖާ ހެދުން ކުރަހާ ތަނެެވެ. ދެން އިން ފޮޓޯއިން ފެންނަނީ އޭނާ މި ހެދުމަށް ބޭނުންވާ ފޮތި ހޯދާ މަންޒަރެވެ. ދެން ފަހާތަނެވެ. ދެން މި އަންހެން ކުއްޖާ މި ހެދުން ލައިގެން ހުއްޓާއެވެ.


މި ޕޯސްޓަށް 3.5 ލައްކައަށް ވުރެ ގިނަ ލައިކްސް އަދި 25000 ރީޓްވީތް ވަނީ ލިބިފައެވެ. މިފަދަ ގޮތްގޮތަށް މީހަކު މަގުބޫލު ވުމަކީ ހައިރާން ވާން ޖެހޭ ކަމެއް ނޫނެވެ. މީގެ ކުރިންވެސް އެކަހަލަ ކިތަންމެ ހާދިސާއެއް ހިނގާފައި އެބަހުއްޓެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!