ދި އަންޑާޓޭކާ، އަކްޝޭ ކުމާރަށް ގޮންޖަހާލައިފި

އެމެރިކާގެ ކުރީގެ މަޝްހޫރު ރެސްލިންގ ތެޅުންތެރިޔާ ދި އަންޑަޓޭކާ، ރެސްލިންގ މެޗަކަށް އަރަން އައުމަށް ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރަށް ގޮންޖަހައިފިއެވެ.

ދި އަންޑަޓޭކާ އެފަދައިން ޓްވީޓުކުރީ، މިދިޔަ ހަފްތާގައި އަކްޝޭ ކޮށްފައިވާ ޓްވީޓަކަށް ރައްދުދެމުންނެވެ. އެގޮތުން އަންޑަޓޭކާއާ ތަޅައިގެން ބަލިކޮށްފައި ތިބި މީހުންގެ ތެރޭގައި އޭނާ ހިމެނޭ ކަމަށްބުނެ، މަޖާ “މީމް” އެއް އަކްޝޭ ވަނީ ހިއްސާކޮށްފައެވެ. އަކްޝޭގެ އެ ޓްވީޓަކީ އޭނާގެ ފިލްމު “ކިލާޅިޔޯން ކާ ކިލާޅީ” އަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ކުރި ޓްވީޓެކެވެ. އެ ފިލްމުގެ މަންޒަރެއްގައި އަކްޝޭ، ދި އަންޑަޓޭކާ އާ ތަޅައިގެން މޮޅުވާތަން ފެނިގެންދެއެވެ. އެކަމަކު އަކްޝޭ ބުނީ، އަސްލު އެ މަންޒަރުގައި އަންޑަޓޭކާއަށް ވެގެން ހުރީ ރެސްލިންގ ތެޅުންތެރިޔާ ބްރަޔަން ލީ ކަމަށެވެ.

ކޮންމެއަކަސް، އަކްޝޭގެ އެ ޓްވީޓަށް ރައްދުދެމުން އަންޑަޓޭކާ ބުނީ އަސްލު މެޗަކަށް އަރަން ތައްޔާރުވެފައި ހަބަރެއް ވުމަށެވެ. އަދި ފަހުން އަކްޝޭ އެއަށް ރައްދުދެމުން ބުނީ، ލައިފް އިންޝުއަރެންސް އިންގޮތް ބަލާލާފައި ހަބަރެއް ވާނެ ކަމަށެވެ.

އަކްޝޭއާއި ދި އަންޑަޓޭކާއާ ދެމެދު ބަދަލުކުރެވުނު މި މަޖާ މެސެޖުތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!