ފޮޓޯ: ގޫގުލް

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ނުވަ ބޭފުޅަކު ކުރިމަތިލައިފި

ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް އިއުލާނުކުރުމުން ޖުމްލަ ނުވަ ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީން އިއުލާނުކުރީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. 

އެގޮތުން އެ އިއުލާނަށް މިއަދު މުއްދަތު ހަމަވެފައިވާއިރު، ޖުމްލަ ނުވަ ފަރާތަކުން ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ. 

ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ “ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގަވާއިދު” ގައިވާ ގޮތުގެ މަތިންނެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ 30،000 ރުފިޔާއެވެ. އަދި ލިވިން އެލެވެންސް ގެ ގޮތުގައި 15،000 ރުފިޔާ ލިބޭ އިރު ރިސްކް އެލަވެންސް އަށް 3،300 ރުފިޔާ ލިބޭނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!