އޯވަޑޯޒްވެގެން ސީރިއަސްވި ގައިދީގެ ހާލު މިހާރު ރަނގަޅު

މާފުށީ ޖަލުގައި ބޭސްތަކެއް ކާލައިގެން އޯވަޑޯޒްވެ ސީރިއަސް ހާލަތުގައި އައިޖީއެމްއެޗްގައި ފަރުވާދެމުންދިޔަ ގައިދީގެ ހާލު ރަނގަޅުކަމަށް އާއިލާއިން ބުނެފި އެވެ.

މާފުށީ ޖަލުގައި މަސްތުވާތެކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒްކުރަމުންދިޔަ 28 އަހަރުގެ ކ.މާލެ ރީހާން ރުޝްދީ އޯވަޑޯޒްވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވަނީ މިމަހުގެ 18ވަނަ ދުވަހުއެވެ.

އާއިލާއިން ބުނީ، ރީހާންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. އާއިލާއިން ބުނީ މިހާރު ލޯހުޅުވާ، ވާހަކަދައްކާ ވެސް އުޅެވޭ ކަަމަށެވެ. އެހެން ނަމަވެސް އަދި ހަދަންޖެހޭ އިތުރު ޓެސްޓުތަކެއް ހުރުމުން ހޮސްޕިޓަލުން ދޫކޮށްލާނެ ދުވަހެއް ނޭގޭ ކަމަށް އާއިލާއިން ބުނެއެވެ. ރީހާންއާއި އެެއްގަޑިއިރަށް އޭނާގެ މަންމަ އަށް ބައްދަލުކުރުމުގެ ފުރުސަތު މިހާރު ދީފަވާކަމަށް ވެސް އާއިލާއިން ބުނެއެވެ. 

ރީހާންގެ މަންމައަށް ރީހާނާއި ވާހަކަދެއްކުމުގެ ފުރުސަތުލިބިފައިވާކަމަށާއި، ޖަލުން ސަލާމަތްވެ ރަނގަޅު ދިރިއުޅުމެއް ފަށަން ބޭނުންވާކަމަށް ރީހާން ބުނެފައިވާކަމަށް އާއިލާއިން ބުނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!