މާލޭ ގެއަކުން ލެޕްޓޮޕެއް ވަގަށް ނެގި މީހަކު ހޯދަަނީ

ލޭ ގެއަކުން ލެޕްޓޮޕެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.

ފުލުހުން ހޯދަމުން ދަނީ މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއަކުން ލެޕްޓޮޕެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ބޭނުންވާ މީހެކެވެ.

ފުލުހުންނަށް މިހާތަނަށް އެމީހަކު ދެނެގަނެވިފައި ނުވާތީ އެ މީހާ ލޮކޭޓްކޮށް ދެނެގަތުމުގައި އާންމު ރައްޔިތުންގެ އެހީއަށް ވަނީ އެދިފަ އެވެ. އެގޮތުން، އެ މީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅާ މިމައްސަލައިގެ އިންސިޑެންޓް ނަންބަރާއެކު އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.\

މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 485130އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!