މިޝްކާގެ މަރުގެ މައްސަލަ ތަހުގީގު ކުރަން އެޗްއާރުސީއެމުން ޕޮލިހަށް

ދައުލަތުގެ އިހުމާލުން ފަރުވާ ނުދެވި 10 އަހަރުގެ މިޝްކާ މުހައްމަދު މަރުވުމާއި ގުޅިގެން, އެމަރުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ފުލުހުންގެ އިދާރައިގައި އެދިއްޖެއެވެ. ހ

ރާއްޖެޓީވީން ގެނެސްދޭ “ފަލަ ސުރުހީ” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޫމިނާ ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލަ އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށާއި، ނަމަވެސް މި މައްސަލައިގައި ކަމާ ގުޅުން ހުރި އިދާރާތަކުގެ އެއްބާރުލުން ފުރިހަމަ ގޮތުގައި ނުލިބޭ ކަމަށެވެ.

މޫމިނާ ވިދާޅުވީ މިޝްކާގެ މަރާއި ގުޅިގެން ހެލްތް މިނިސްޓްރީން އެކުލާވާލާފައިވާ ރިޕޯޓު ހޯދުމަށް ލިޔުމަކުން މިނިސްޓްރީގައި އެދިފައިވާނެ ކަމަށާއި، އަދި މަޖިލީހުގެ ކޮމިޓީގައި ވެސް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި ވެސް އެކަން ފާހަގަކޮށްފައިވާ ކަމަށެވެ.

މޫމިނާ ވިދާޅުވީ އައިޖީއެމްއެޗުން މި މައްސަލައިގެ ރިވިއު ރިޕޯޓެއް އެޗްއާރުސީއެމާ ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ރިޕޯޓުގައި ނުހިމެނޭ ބައެއް އެހެން މައުލޫމާތުތައް ހޯދުމަށް އެދިފައިވާނެކަމަށް ވިދާޅުވިއެވެ. އައިޖީެމްއެޗްގެ ރިވިއު ރިޕޯޓް 13 ޖޫންގައި ލިބުނު ފަހުން އިތުރު މައުލޫމާތު ހޯދަން އެދުނު ނަމަވެސް އެ މައުލޫމާތު ވެސް އައިޖީއެމްއެޗްއިން އަދިވެސް ނުދޭ ކަމަށާއި، މައުލޫމާތު ހޯދަން އަވަސްކުރަން ސިޓީ ފޮނުވާފައިވާނެ ކަމަށް މޫމިނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މިކަމުން އަލިމަގެއް ނުފެނުމުން ފުލުހުންގެ އިދާރާއިން މި މައްސަލަ ތަހުގީގުކުރަމުންދޭތޯ ބަލާފައިވާނެ ކަމަށާއި، ފުލުހުންގެ އިދާރާއިން ވެސް މި މައްސަލަ ތަހުގީގުކުރަމުން ނުދާތީ އެ މައްސަލަ ފުލުހުންގެ އިދާރާއިން ތަހުގީގުކޮށްދނުމަށް ކޮމިޝަނުން އެދިފައިވާނެ ކަމަށް މޫމިނާ ވިދާޅުވިއެވެ.

މުއުމިނާ އިތުރަށް ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލަ ކޮމިޝަނަށް ނިންމޭނީ ކަމާ ގުޅޭ އިދާރާތަކުގެ މައުލޫމާތުތައް ލިބުމުން ކަމަށެވެ. އެ މައުލޫމާތު ލިބުމުން ކޮމިޝަނުން އެކުލަވާލާ ރިޕޯޓް އާންމުކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!