އިންކުއަރީއަށް މިނިސްޓަރު މާރިޔާ ހާޒިރުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް މާދަމާ ޑިފެންސް މިނިސްޓަރު މާރިޔާ އާހުމަދު ދީދީ ހާޒިރު ކުރުމަށް ނިންމައިފިއެވެ.

ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވީ ގޮތާ ގުޅޭ ގޮތުން ކުރިއަށްގެންދާ އިންކްއަރީއަށް މާރިޔާ ހާޒިރު ކުރަން ނިންމާފައި ވަނީ މާދަމާއެވެ. މިނިސްޓަރު މާރިޔާ ވަނި މަޖިލީހުގެ އިންކުއަރީއަށް މަރުހަބާ ވިދާޅުވެ އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

މާރިޔާ 241 ކޮމެޓީއަށް ހާޒިރު ކުރަން ނިންމިއިރު މިހާތަނަށް ވެސް އޭނާ އެ ކޮމެޓީއަށް ހާޒިރު ކޮށްފައި ނުވާތީ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފަ އެެވެ. އެ ކޮމެޓީއަށް ވަކި ވަކި ސިފައިން ވެސް ހާޒިރުކުރަން ފަށައިފައިވާ އިރު އަސްލަމް ކުރިން ވިދާޅުވީ ހަމަލާއާ ގުޅިގެން އެމްއެންޑީއެފްގެ 29 ބޭފުޅަކާ ސުވާލު ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ އަދަދަށް ބަދަލު އަތުވެދާނެ ކަމަށެވެ.

މަޖިލީހުގެ އިންކުއަރީއަށް ހޮނިހިރު ދުވަހު ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ޑިރެކްޓަރ ޖެނެރަލް، ކައުންޓަރ ޓެރަރިޒަމް ސެންޓަރ، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ ޑިރެކްޓަރ ކައުންޓަރ ޓެރަރިޒަމް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް ހާޒިރުވެ ސުވާލުތަކަށް ޖަވާބު ދީފައިވެއެވެ. އަދި ރައީސް ނަޝީދުގެ ބޮޑީގާޑުންވެސް ހާޒިރުވެފައިވެއެވެ.

މީގެ އިތުރުން މާލެސިޓީ ކުރީގެ މޭޔަރު ޝިފާ މުހައްމަދާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމްއާއި ޑެޕިއުޓީ ގަވަރުނަރު އަދި ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް ހާޒިރުވެފައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!