އައްޒަ އިތުރު ދަރިއަކު ހޯދަން ވިސްނާތޯ އެހުމުން ބުނީ މިހެން

މަޝްހޫރު އެކްޓްރެސް މަރިޔަމް އައްޒަ، މިހާރު އިނދެގެން އުޅޭ އަބްދުﷲ މުއާޒް (މުއާ) އާއެކީ ދަރިއަކު ހޯދަން ވިސްނާތޯ އެހެމުން ޖަވާބުދީފިއެވެ.

ގިނަ ފޭނުންނެއްގެ ހިތުގައި އުފެދޭ އެ ސުވާލަށް އައްޒަ އެންމެފަހުން ޖަވާބުދީފައި ވަނީ މިއަދު އިންސްޓަގްރާމްގައި ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބުގެ ސެޝަންގައެވެ. އެގޮތުން ކޮންމެވެސް މީހަކު އެ ސުވާލު އެހުމުން އައްޒަ ބުނީ، މިހާރުވެސް ދެކުދިން އެބަތިބި ކަމަށެވެ. އެއީ އީތަން އާއި ރޫބީ ކަމަށް ވެސް ބުންޏެވެ. “އެކުދިންނާއެކީ އެންމެ އުފާވެރި ދިރިއުޅުމުގަ މިއުޅެނީ މިހާރު”.

އީތަން އަކީ އައްޒަގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދަރިއެވެ. އަދި ރޫބީ އަކީ މުއާގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ކުއްޖެކެވެ. މީގެތެރެއިން ރޫބީ ދިރިއުޅެނީ އޭނާގެ މަންމަ ޝާޔަން އާއެކީ ކަމުގައި ވިޔަސް، ވަރަށް ގިނައިން އަައްޒަމެން ދިރިއުޅޭ ގެއަށް ގޮސް އުޅޭކަން މީސްމީޑިއާއިން އެނގެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!