މިލްކާ ސިންގް މަރުވުމުން ބޮލީވުޑް ތަރިން ތަޢުޒިޔާ ކިޔައިފި

އިންޑިއާ ދުށް އެންމެ މޮޅު އެއް ދުވުންތެރިޔާ، މިލްކާ ސިންގް މަރުވުމާ ގުޅިގެން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ތަޢުޒިޔާ ކިޔައިފިއެވެ.

1950 ގެ އަހަރުތަކުން ފެށިގެން 1960 ގެ ފަހުކޮޅާ ހަމައަށް ބައިނަލްއަޤުވާމީ ފެންވަރުގައި ދުވުމުގެ މުބާރާތްތަކުގައި ވާދަކޮށްގެން ގިނަ މެޑަލްތަކެއް އިންޑިއާއަށް ހޯދައިދިން މިލްކާ، އުމުރުން 91 އަހަރުގައި މަރުވީ ކޮވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ. އޭގެކުރިން ޖޫން 13 ވަނަ ދުވަހު އޭނާގެ އަންހެނުން ވެސް ވަނީ މަރުވެފައެވެ.

މިލްކާގެ ހަޔާތުގެ މައްޗަށް ބޮލީވުޑުން ނެރުނު ބަޔޮޕިކް ފިލްމު “ބާގް މިލްކާ ބާގް” ގައި މިލްކާގެ ރޯލު ކުޅުނު އެކްޓަރު ފަރްހާން އަޚްތަރު ވަނީ މިއަދު ޓްވިޓާގައި ވަރަށް އަސަރުގަދަ މެސެޖެއް ހިއްސާކޮށްފައެވެ. އޭނާ ބުނީ މިލްކާ މި ދުނިޔެއާ ވަކިވިކަން ޤަބޫލުކުރަން ދަތިވެފައިވާ ކަމަށެވެ. އަދި މިލްކާގެ ފަރާތުން ވަރަށް ގިނަ ރަނގަޅޫ ސިފަތަކެއް ދަސްވެފައިވާ ކަމަށާއި، މިލްކާގެ ހިތްވަރާއި އަޒުމަކީ އަކީ އެތައް ބަޔަކަށް ނަމޫނާއެއް ކަމަށެވެ.

ފަރްހާންގެ އިތުރުން މިލްކާ މަރުވުމުގެ ހިތާމައިގައި ޓްވީޓުކުރި ތަރިންގެ ތެރޭގައި އަމީތަބް ބައްޗަން، ޝާހްރުކް ޚާން، އަނުޝްކާ ޝަރްމާ މެން ފަދަ ފަންނާނުން ހިމެނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!