ސައިފް އާއި ކަރީނާގެ ހަގު ދަރިފުޅު އަލަށް ފެނުނު ދުވަސް ސާރާ ސިފަކޮށްދީފި

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާނަށް މިދިޔަ ފެބްރުއަރީ މަހު ދެވަނަ ކުއްޖަކު ލިބިފައިވާއިރު، ފޭނުން އިންތިޒާރުކުރަމުންދަނީ އެކުއްޖާއާ ބެހޭ އިތުރު ތަފްސީލު ލިބޭނެ ދުވަހަކަށެވެ. މިފަހުން ސައިފްގެ ދޮށީ ދަރިފުޅު ސާރާ އަލީ ޚާން މިވަނީ، އޭނާއަށް އަލަށް އެކުއްޖާ ފެނުނު ދުވަސް ސިފަކޮށްދީފައެވެ.

ޒުވާން ބަތަލާ ‘ނިއުސް 18’ އަށް ދިން އިންޓަވިއުއެއްގައި ބުނީ، ދޮންމަންމަ ކަރީނާ ވިހައިގެން އުޅުނުއިރު ކޮއްކޮ ދެކިލަން އަލަށް ދިޔަ ދުވަހު، އެކުއްޖާ ސާރާގެ މޫނަށް ބަލާލާފައި ހިނިތުންވެލި ކަމަށެވެ. އަދި އެވަގުތުކޮޅު އުފަލުން “ވިރިގެންދިޔަ” ކަމަށް ސާރާ ބުންޏެވެ. ސާރާ އެކުއްޖާ ސިފަކުރީ “ލޯބިލޯބި ބޯޅައެއް” ގެ ގޮތުގައެވެ.

ސާރާ ބުނީ ދެވަނަ ދަރިފުޅާއެކު ބައްޕަ ސައިފް އާއި ކަރީނާގެ ދިރިއުޅުމަށް އިތުރު އުފާވެރިކަމަށް ލިބިގެންދިޔައީތީ އެކަމާ ސާރާ ވެސް އުފަލުން ހުރި ކަމަށެވެ.

ސާރާ އަލީ ޚާނަކީ ސައިފްގެ ފުރަތަމަ ކައިވެންޏެއް ލިބުނު ދެކުދިންގެ ތެރެއިން ދޮށީ ކުއްޖާއެވެ. ސައިފް އާއި ކަރީނާގެ ކައިވެންޏަށް ތައިމޫރު އަލީ ޚާން ލިބިފައިވާއިރު، މި އަހަރު ލިބުނު ދަރިފުޅުގެ ފޮޓޯ އާންމުކޮށްފައި ނުވާތާނގައި އެކުއްޖާގެ ނަން ވެސް ހާމަކޮށްފައެއް ނުވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!