ކޮވިޑް-19ގެ ޑެލްޓާ ވޭރިއަންޓް ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ އިން ފެނިއްޖެ ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ބުނެފިއެވެ.
ހަލުވިކަމާއެކު ފެތުރޭ ވޭރިއަންޓް B.1.617.2 އެންމެ ފުރަތަމަ ފެނިފައި ވަނީ އިންޑިއާ އިންނެވެ.
ސްރީ ލަންކާގެ ސިއްޙީ އޮފިޝަލަކު ވިދާޅުވީ، B.1.617.2 ނުވަތަ ޑެލްޓާ ކޮވިޑް ވައިރަހުގެ ފަސް މީހަކު ކޮލަމްބޯގެ ޑެމަޓަގޮޑާ އޭރިއާ އިން ފެނިފައިވާ ކަމަށެވެ. މިއީ ޑެލްޓާ ވޭރިއަންޓް ކޮލަމްބޯ އިން ފެނުނު ފުރަތަމަ ފަހަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. B.1.617.2 އަކީ B117 ނުވަތަ އަލްފާ އަށް ވުރެ 50 ޕަސެންޓް ހަލުވިކޮށް ފެތުރޭ ވޭރިއަންޓެކެވެ. އޭނާ ވިދާޅުވީ ވެކްސިންގެ އެއް ޑޯޒުން ޑެލްޓާ ވޭރިއަންޓް ކޮންޓްރޯލް ނުވާނެ ކަމަށެވެ.
ލަންކާއިން މިހާތަނަށް ވަނީ 233,064 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 2,425 މީހުން މަރުވެފައެވެ.