މިތުން އާއެކީ މަސައްކަތްކުރަން ބަތަލާއިން ދެކޮޅުހެދި ސަބަބު

ބޮލީވުޑްގެ ހުނަރުވެރި، ދުވަސްވީ އެކްޓަރު މިތުން ޗަކްރަބަތީގެ 71 ވަނަ އުފަންދުވަސް އިއްޔެ ފާހަގަކޮށްފައިވާއިރު، އިންޑިއާގެ ގިނަ މީޑިއާތަކަކުން ވަނީ އޭނާގެ ކުރީގެ ހަނދާންތައް އާކޮށްފައެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ އެއް ވާހަކައަކީ، މިތުންގެ ކެރިއަރުގެ ރަންދުވަސްވަރު، އޭނާއާއެކީ އޭރުގެ ގިނަ ބަތަލާއިން މަސައްކަތްކުރަން ދެކޮޅުހެދި ކަމަށްބުނެ މިތުން މީގެކުރިން ދީފައިވާ އިންޓަވިއުއެވެ.

އެ އިންޓަވިއުގައި މިތުން ބުނީ، ބަތަލާއިން އޭނާއާއެކީ މަސައްކަތްކުރަން އިންކާރުކުރި ސަބަބަކީ، އޭނާއާ ވާދަވެރި އެކްޓަރުންގެ ނުފޫޒާހެދި ކަމަށެވެ. އެގޮތުން ވަކި ނަމެއް ނުކިޔައި މިތުން ބުނީ އޭނާއާއެކީ ފިލްމު ނުކުޅުމަށް އެ އެކްޓަރުން އޮތީ ބަތަލާއިންނަށް އަންގާފައި ކަމަށެވެ. އެއީ ވަކި އޭނާގެ ކިބައިގައި މައްސަލައެއް ހުރެގެން ނޫން ކަމަށާއި، ވާދަވެރިކަމާހެދި އޭނާ ކުރިއަރައިގެން ދާން އެ އެކްޓަރުން ބޭނުންނުވުމުން ކަމަށް ބުންޏެވެ. އެހެންނަމަވެސް މިތުން އެކަން ބަލައިގަތީ އެއީ އޭނާގެ ހުނަރު އިތުރަށް ރަނގަޅުކުރަންވީ ކަމެއްގެ ގޮތުގައެވެ.

އެ އެކްޓަރުންގެ ބަހަށް ނުހެއްލި މިތުން އާއެކީ މަސައްކަތްކުރަން ފަސްނުޖެހުނު ބަތަލާ ޒީނަތު އަމަން އަށް މިތުން ވަނީ ޝުކުރުއަދާކޮށްފައެވެ. މިތުން އާއި ޒީނަތު ވަނީ އެކުގައި ގިނަ ފިލްމުތަކެއް ކުޅެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!